ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ ދެ މީހަކު މިއަދު މަރުވެއްޖެއެވެ.

އޭގެ ތެރެއިން އެންމެ ފުރަތަމަ މީހާ މަރުވެފައިވަނީ ރޭ މެންދަމު 2:00 ހާއިރު، ނ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މަރުވެފައިވަނީ 54 އަހަރުގެ ދިވެހި އަންހެނެކެވެ.

ދެވަނަ މީހާ މަރުވެފައިވަނީ މިއަދު ހެނދުނު 10:42 ހާއިރު، ހުޅުމާލެ ކޮވިޑު ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. މަރުވެފައިވަނީ 90 އަހަރުގެ ދިވެހި ފިރިހެނެކެވެ.

އެހެންކަމުން ކޮވިޑް-19 ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާޜު ވަނީ 250 އަށް އަރައިފައެވެ.

ރާއްޖޭން ކޮވިޑު ޖެހިގެން މީހުން މަރުވެފައި މިވަނީ އެންމެ ފަހުން މީހަކު މަރުވިތާ 12 ދުވަސް ފަހުންނެވެ. މިއީ މިމަހު ރެކޯޑު ކުރެވުނު ހަތްވަނަ ކޮވިޑު މަރެވެ.