މޮރިޝަސް ކޮމާޝަލް ބޭންކަށް 66 މިލިއަން ރުފިޔާ ދައްކަން އޮތް 2 މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ ހޯދަމުން ދަނީ ކ. މާލެ / ވ. ރާހި، މުޙައްމަދު ބާގިރު (50އ) އާއި ކ. ކާށިދޫ / ހަނދުވަރީގެ، ޒީނިޔާ މުހައްމަދު ޒާހިރު (38އ) ކަމަށެވެ.
އެ ދެމީހުން ޔަގީންކަން ދީގެން އެޓޯލް ޕްރައިވެޓް ލިމިޓެޑުގެ އެދުމަކަށް މޮރިޝަސް ކޮމާޝަލް ބޭންކުން ޑިސެންބަރު 12، 2012 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން 3،600،000 ޔޫއެސް ޑޮލަރުގެ ޓާމް ލޯނަކާއި، އޭޕްރީލް 28، 2013 ގާ ވެފައިވާ 6 ލައްކަ ޔޫއެސް ޑޮލަރުގެ ފެސިލިޓީ އެއްބަސްވުމެއްގެ ދަށުން 150،000 ޔޫއެސް ޑޮލަރު ވަނީ ދޫކޮށްފައެވެ.
އެ އެއްބަސްވުމުގައި ވާ ގޮތުގެ މަތިން އެ ފައިސާ ދައްކާފައި ނުވާތީ އެ ލޯނަށް ޔަގީންކަން ދީފައި ވާ ދެ މީހުން ވަނީ 4،315،153.75 ޔޫއެސް ޑޮލަރު ނުވަތަ 66,539,670.82 ދިވެހި ރުފިޔާ ދައްކަން ޖެހި ނުދައްކާ އޮތްކަން ސިވިލް ކޯޓުގެ ޑިސެމްބަރު 14، 2016ގެ ގަޒިއްޔާ އިން އެނގެއެވެ.
ފުލުހުން ބުނީ މި ދެ މީހުން ހޯދަމުން ދަނީ ސިވިލް ކޯޓުގައި ދައުވާކުރާ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ނޮވެމްބަރު 29 ،2021 ވަނަ ދުވަހު ހެނދުނު 10:15 އަށް ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
ބާގިރު ހޯދަން މީގެ ކުރިން ވެސް އެތައް ފަހަރަކު ފުލުހުން އިއުލާން ކޮށްފައި ވެއެވެ. އޭނާ ހޯދަން އިންޓަޕޯލްގެ ރެޑް ނޯޓިސް ވެސް ނެރެފައި އޮންނަތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
މި ދެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅާ ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ޢަޑީގަ ބެންކުގެ ކުރީގެ ޖީ.އެމް ހުރީ. މަނީ ލޯންޑަރ ކުރީ އޭނަ އަޑީގަ ހުރެގެން. ކުރީގެ ކަސްޓަމްސް ސީޖީ ޖނދ އަށް އިނގޭނެ
މިދެމީހުންގެ ފަރާތުން ކޯއްޗެއް ދައްކާގެންބާ ތިޔަވަރުގެ އަދަދެއް ދޫކުރީ
ތިހެން އަހަން މިއުޅެނީ
ކާކުގަބޫލަކުރާނީ ތިޔަވާހަކަ ތިހުރިހާކަމެއްގެ އަޑީގައިވެސް ތިބޭނެ ތިޔަބޭންކުގެ މުވައްޒިފުން،