އައިޖީއެމްއެޗުގެ ރިސެޕްޝަން ހުންނަ ސަރަހައްދުގައި ބަހައްޓާފައި ހުރި ފަންޑުފޮށި ވަގަށް ނަގައިފިއެވެ.

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފަންޑުފޮށި ވަގަށް ނަގާފައި ވަނީ 10 ޖަހާކަންހާއިރު ކަމަށާއި، އެ ފަންޑުފޮށި އަދިވެސް ނުފެންނަ ކަމަށެވެ. އަދި އެ މައްސަލަ ބަލަމުންދާތީ ފަންޑުފޮށީގައި ހުރި ފައިސާގެ އަދަދު ސީދާ ދަންނަވަން ނޭނގޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ފަންޑުފޮށި ވަގަށް ނެގި މައްސަލަ ރިޕޯޓުކޮށްފައި ވަނީ ހެނދުނު 10:45 ހާއިރު ކަމަށާއި، އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ފަންޑު ގޮށި ނެގި އިރު އެ ސަރަހައްދަކީ ސީސީޓީވީ ވެސް ހުންނަ ސަރަހައްދެއްކަން ފާހަގަކޮށްލެވެއެވެ.