ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުން ދެން ހުންނަވާނީ އެމަނިކުފާނަށް ހަމަޖައްސާފައިވާ ވަގުތީ ގެކޮޅު، މުރައިދޫގޭގައި ކަމަށް މަޖިލީހުން ބުނެފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު "ދަ ޕްރެސް" އަށް ވިދާޅުވީ، މިއަދު ނަޝީދު ރާއްޖެ ވަޑައިގެންފައި ވާއިރު އެމަނިކުފާނު ދެން ހުންނަވާނެ ގެކޮޅަކާ ބެހޭޣޮތުން ސުވާލު ކުރުމުންނެވެ. މިއަދު ނަޝދު މާލެ ވަޑައިގަންނަވާ ވާހަކަ އާންމު ވި އިރު މުރައިދޫގެ މަޖިލީހާ ރަސްމީކޮށް ހަވާލު ނުކުރާ ކަމަށް މަޖިލީހުން ބުންޏެވެ.

ރައީސް ނަޝީދު ކޮޕް26 ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ސްކޮޓްލޭންޑަށް ވަޑައިގަތުމަށް ފަހު އެ ގައުމުމުގައި 23 ދުވަހު ހުންނަވާ މާލެ ވަޑައިގަތީ މިއަދު ހަވީރުއެވެ، ނަޝީދުގެ އެ ދަތުރުފުޅުގައި މަތީ ފަންތީގެ އެކިއެކި މަޝްވަރާތަކާއި ބައްދަލުވުންތަކުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއަށް ފަހު ޖަރުމަނުގައި ހުންނަވައި ބޭސްފަރުވާ ފުރިހަމަ ކުރެއްވުމަށް ފަހު ރައީސް ނަޝީދު ރާއްޖެއަށް ވަޑައިގަތީ މިދިޔަ މަހުގެ 11 ވަނަ ދުވަހުއެވެ. ރާއްޖެ ވަޑައިގެންނެވުމަށް ފަހު ރައީސް ނަޝީދު ހުންނެވީ ހޮޓެލް ޖެންގައެވެ. އެތަނުގައި އެމަނިކުފާނު ހުންނެވުމަށް ހަރަދު ކޮށްފައި ވަނީ ސަރުކާރުންނެވެ.