ބައިނަލްއަގުވާމީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ކުޑަކުދިންނަށް އަމާޒުކޮށް އުރީދޫން ހާއްސަ ހަވީރެއް ބާއްވަން ނިންމައިފިއެވެ.
ތަފާތު ހަރަކާތްތަކާއެކު މާދަން 4:00 ޖަހާއިރު ހިޔާ ފްލެޓް ސަރަހައްދުގައި ބާއްވާ އެ ހަވީރުގައި ކުޑަކުދިންނާއި ކުދިންގެ އާއިލާތަކުން ބައިވެރިވުމަށް އުރީދޫން އެދެއެވެ.
އެ ހަވީރުގައި ސްނޭކް އެންޑް ލެޑާ ފަދަ ކުޑަކުދިންނަށް ހާއްސަ ގޭމްތަކާއި ކުލަޖެއްސުން ފަދަ ހަރަކާތްތައް ހިމެނޭ ސްޓޯލްތައް ހުންނާނެ ކަމަށް އުރީދޫން ބުނެއެވެ.
މީގެ އިތުރުން މި ހަވީރަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދިނުމުގެ ގޮތުން، ހަބޭސް ބޮޑުބެރު ގްރޫޕްގެ ފަރާތުން ލައިވް މިއުޒިކާއެކު ކުރިއަށްދާނެ ކަމަށްވެސް އުރީދޫން ބުންޏެވެ.
އަދި އުރީދޫގެ ސްޕެޝަލް އޮފާތަކެއްވެސް މި ހަވީރުގައި ލިބޭނެ ކަމަށް ބުންޏެވެ.
ހަބޭސް ބޮޑުބެރު ނުޖެހިޔަސް ތިކަން ފުރިހަމަ ވެދާނެ.. ބަލާލި ކޮންމެ ތަނަކުުން ތިޔަ ބޭހެއް ފެންނަވަރުން ހޮޑުލަވާ.. ބާރަށް ކިނބިއްސެއް އެޅިޔަސް ބެރު..