އެސްޓީއޯއިން އޮތަރައިޒްޑް ޑިސްޓިބިއުޓާގެ ގޮތުގައި އެތެރެކޮށް ވިއްކަމުންދާ "ކޯނޭ" ލިފްޓު ގަންނަ ފަރާތްތަކަށް ހިލޭ ލިފްޓު އިންސްޓޯލް ކޮށްދޭ ޕްރޮމޯޝަންއެއް ފަށަން ނިންމައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، މިޕްރޮމޯޝަން ކުރިއަށް ގެންދާނީ ހުޅުމާލެ ސެންޓްރަލް ޕާކްގައި މިއަދު ފެށިގެންދާ "މޯލްޑިވްސް ލިވިންގް އެކްސްޕޯ 2021" މެދުވެރިކޮށް ކަމަށެވެ.

"ލިވިންގް އެކްސްޕޯ"ގައި ބެހެއްޓިފައި ހުރި އެސްޓީއޯގެ ސްޓޯލްއަށް ޒިޔާރަތް ކޮށް ލިފްޓް އޯޑަރު ކުރާ ފަރާތްތަކަށް ލިފްޓުގެ އިންސްޓޮލޭޝަން ފީ އުނިކޮށް، އެ މަސައްކަތް ހިލޭ ކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން ލިފްޓް ގަންނަން ބޭނުންވާ ފަރާތްތަކުން ބޭނުންވާގޮތަށް ވަގުތުން ލިފްޓް ޑިޒައިން ކޮށްލުމުގެ އިންތިޒާމު އެސްޓީއޯގެ ސްޓޯލްގައި ހަމަޖެހިފައިވާ ކަމަށް އެސްޓީއޯއިން ބުނެއެވެ. އަދި ލިފްޓު ބޭނުންވާ ޑިޒައިން އަށް ފަރުމާކުރުމަށްފަހު ލިފްޓުގެ މޮޑެލް ބަލާލުމުގެ އިންތިޒާމް ވެސް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން ބުނީ، ފިންލޭންޑްގެ އުފެއްދުމެއް ކަމަށްވާ ކޯނޭގެ ޑިޒައިންތަކަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ "ރެޑް ޑޮޓް ޑިޒައިން އެވޯޑް" އެކިފަހަރު މަތިން ލިބިފައިވާ ކަމަށެވެ.

އެސްޓީއޯ އިން ދާދި ފަހުން ވަނީ ކޯނޭގެ ޓަޗްލަސް ސިގްނަލައިޒޭޝަން ވެސް ރާއްޖޭގެ މާކެޓަށް ތައާރަފް ކޮށްފައިއެވެ. އަދި މިއީ މާކެޓްގައި މިހާރު ކަސްޓަމަރުންގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވާ އެއް ލިފްޓު ކަމަށް އެކުންފުނިން ބުނެއެވެ.