އައްޑޫ ސިޓީ ހުޅުދޫގައި އެމްބިއުލާންސްގައި ޑީސަލް ހުސްވެ، ބަލި މީހަކު ޕިކަޕެއްގައި އުފުލަން ޖެހުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
ރޭ ހިނގި މި ހާދިސާގައި، ބަލި މީހާ ގެންދަން އެމްބިއުލާންސް ފޮނުވަދޭން އެދުމުން ހުޅުދޫ ސިއްހީ މަރުކަޒުން ވަނީ އެމްބިއުލާންސްގައި ޑީސަލް ނެތް ކަމަށް ބުނެ، އެމްބިއުލާންސަށް ދަތުރުކުރެވެން ނެތް ކަމަށް އަންގާފައެވެ.
އެކަމާ ގުޅިގެން އެތައް ބައެއްގެ ފާޑު ކިޔުން އަމާޒުވެފައި ވާއިރު، "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ހުޅުމީދޫ ހެލްތް ސެންޓަރުގެ ސީނިއާ އެޑްމިނިސްޓްރޭޓިވް އިބްރާހިމް ދީދީ ވިދާޅުވީ، އެއީ ކުރިން ދިމާވި ކަމެއް ނޫން ކަމަށާއި އެ ސިއްހީ މަރުކަޒުގައި ދެ އެމްބިއުލާންސް އޮންނަ ކަމަށެވެ.
ނަމަވެސް ޕެޓްރޯލް އަޅައިގެން ދުއްވާ އެމްބިއުލާންސް ސާވިސްގެ މަސައްކަތްތަކަށް ގަރާޖަކަށް ގެންގޮސްފައި ވާ ކަމަށާއި ދެން އޮތީ ޑީސަލް އަޅައިގެން ދުއްވާ އެމްބިއުލާންސެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑީސަލް އަޅައިގެން ދުއްވާ އެމްބިއުލާންސްގައި ޑީސަލް ނެތް ކަން ވެސް އެނގުނީ ރޭ އެ ބަލި މީހާ ގެންދަން ގުޅުމުން ކަމަށް އިބްރާހިމް ވިދާޅުވިއެވެ. އިބްރާހިމް ވިދާޅުވީ މަރުކަޒުގައި ޕެޓްރޯލް އަދި ޑީސަލް އަޅާ ފީފާއެއް ހުންނަ ކަމަށާއި ނަމަވެސް ބޭނުން ކުރާ ޕަޕްގައި މައްސަލަ ޖެހިފައި ވާތީ މަރުކަޒުން ޑީސަލް އެޅެން އެވަގުތު ނެތީ ކަމަށެވެ.
ޑީސަލް އަޅަން ދެން ހުންނާނީ އެންމެ ފިހާރައެއް ކަން ފާހަގަ ކުރައްވާ އިބްރާހިމް ވިދާޅުވީ އެފިހާރަ އެވަގުތު ހުރީ ބަންދުކޮށްފައި ކަމަށެވެ. އެއީ އެރަށުގައި ރޭގަނޑު 9 އިން ފެށިގެން ކާފިއު ހިންގާތީ ފިހާރަތައް އެ ވަގުތުތަކުގައި ބަންދު ކުރާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އިބްރާހީމް ވިދާޅުވީ އޭގެ އެއް ގަޑިއިރެއްހާ އިރު ފަހުން އެފިހާރަ ހުޅުވާ ޑީސަލް އަޅާފައިވާ ކަމަށާއި އަދި އިތުރު ބަލި މީހަކު ގެންދާނަމަ އެކަމަށް ތައްޔާރަށް އޮތް ކަމަށް އޭނާ ވިދާޅުވެއެވެ. އަދި ސާވިސް އަށް ލި އެމްބިއުލާންސް ވެސް މިއަދު ހަވީރު ގެންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރޭ ޕިކަޕެއްގައި އުފުލާފައި ވަނީ އުމުރުން ދުވަސްވީ މީހެކެވެ.
ސުމްބުލިގެ ކޮމެންޓް ހަމަ ވަރަށް ފުރިހަމަ!
އިބްރާހިމްދީދީ ހެދީ ހުސްދޮގޮ ޑްރައިވަރު ބެނީ އެއާއި ތެއުނެއްވާހަކަ އިއްޔެ ހެންނެއި ބެނިމާއު އަދި އޮފީސް ބަންދުވުމުގެ ކުރިން ތެއު އެޑުވާއްކެއްޔަސް ބެނިމާއު އެއާއް ތެއު އެޑުވީ ޕިކަޕުން ބަލިމީހާ މަރުކަޒަށް ގިނިގޭމީހުން ތެއު ވިއްކާ ފިހާރައަކާއި ވާހަކަ ދައްކަގެން އެވެރިއަ
އިބުރާހީމާ ތިދެއްކި ވާހަ ތަކުން ތިސޮރުގެ ނާގާބިލު ކަން އެނގިއްޖެ. އިސްތިއުފާ ދެއްވާ..ތިޔަކަހަލަ މަގާމު ތަކުގައި ތިބޭމީހުން ކުރިޔަށް ވިސްނާ ފިޔަވަޅުތައް އެޅިފަ ހުންނަންވާނީ. ކަމެއް ދިމާވީމާނޫން ތެޅިގަންނާނީ. ޑީސަލް ފިހާރަ ބަންދު ކޮށްފައި ހުއްޓަސް ތެޔޮ ނެތްކަން އެނގެން ޖެހޭނީ ކަމެއް ޖެހުނީމައެއް ނޫން. ކޮވިޑުގަ ތަނެއް ބަންދު ކުރީ ސަރުކާރުން އެންގީމާ ތިސޮރު ކަމާގުޅޭ ފަރާތުގަ އެވާހަކަ ބުނިނަމަ އެތަނެއް ތަންމިނަށް ހުޅުވިދާނެ. ތިބުނާ ފުރަތަމަ އެމްބިއުލާންސު ހަދަން ގެންދިޔައިރު ދެވަނަ އެމްބިއުލާންސު އޮންނަން ޖެހޭނީ ތެޔޮފީފާ އޮއްސައިގެން ނާށްޓަކުން ވިޔަސް ތެޔޮއަޅާ އިސްޓާޓު ކޮށް ޗެކު ކުރެވިފައި. ތިކަމުގެ ނުރައްކާ އެނގުނީހީ ބަލިމީހާގެ ފުރާނައަށް ގެއްލުމެއް ލިބުނު ނަމަ. ދެވަނަ އެމްބިއުލާންސު ވެސް މަސައްކަތް ނުކޮށްފި ނަމަ އަމިއްލަ މީހެއްގެ ވެހިކަލެއް ވިޔަސް ހަޔާ ކުރެވޭނެ ވިސްނުމެއް ތިމާގެ ހުންނަންވާނެ.