ގދ. އަތޮޅު ރިސޯޓެއްގައި ސްނޯކްލިން އަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވެފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ 35 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށެވެ.

އޭނާ މަރުވެފައިވަނީ ހާލު ދެރަވެގެން ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމުގެ މައުލޫމާތު ހޮސްޕިޓަލުން ފުލުހުންނާއި ހިއްސާ ކޮށްފައިވަނީ 06:12 އެހާކަންހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހަވީރު 04:30 ހާއިރު ކަމަށެވެ.

ފުލުހުން ބުނީ މިހާދިސާ ތަހުގީގު ކުރަމުންދާ ކަމަށެވެ.