ކުރިއާލާ ވިސާ ނުހަދާ ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރުކުރެވޭ ގޮތް ހަދައިފިއެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދެވޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވި ކަމަށްޓަކައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދގެ އާއްމު މަޖިލީހުގެ 76ވަނަ ސެޝަންގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ތަޖިކިސްތާނުގެ ފޮރިން މިނިސްޓަރު ސިރާޖުއްދީން މުހްރިއްދީން އަށް ޝުކުރު އަދާކުރައްވާފައެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ތަޖިކިސްތާނަށް ދަތުރު ކުރެވޭނީ ޖެނުއަރީ 1، 2022 އިން ފެށިގެންނެވެ. ޝާހިދު ވިދާޅުވީ މިއާއެކު ދެގައުމުގެ މެދުގައި ސަގާފީ ގުޅުންތައް ފަދަ ގުޅުންތައް ބަދަހިވެގެން ދާނެކަމަށެވެ.

2018 ވަނަ އަހަރުގެ ނޮވެމްބަރުން ފެށިގެން މިހާތަނަށް ރަޝިޔާ، މޮރޮކޯ، ތައިލެންޑް އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާއިރު، އިންޑިއާ، ސްރީލަންކާ އަދި ސައޫދީއަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން ދިވެހިރާއްޖޭގައި ތިބެގެން ބައެއް ޔޫރަޕް ބައެއް ގައުމުތަކުގެ ޝެންގެން ވިސާ ނެގޭނެ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.