މުސާރައާއި އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ (މިނިމަމް ވޭޖް) ކަނޑައަޅައި އިއުލާނު ކޮށްފިއެވެ.

މިނިމަމް ވޭޖް ކަނޑައަޅާފައި ވަނީ މިއަދު އެކަމަށް ހޮޓަލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައެވެ.

ކުދި ވިޔަފާރިތަކަށް ކަނޑައެޅީ ގަޑިއިރަކަށް 21.63 ރުފިޔާގެ ރޭޓުން، މަހެއްގެ މައްޗަށް، އެންމެ ކުޑަ އުޖޫރައިގެ 4500 ރުފިޔާ ލިބޭ ގޮތަށެވެ.ޕްރައިވެޓް ސެކްޓާގައި، މެދުފަންތީގެ ވިޔަފާރިތަކަށް، ގަޑިއިރަކަށް 33.65 ރުފިޔާގެ ރޭޓުން، މަހެއްގެ މައްޗަށް 7،000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ދިނުމަށް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި އަމިއްލަ ވިޔަފާރިތަކަށް ކަނޑައަޅާފައި ވަނީ ގަޑިއިރަކަށް 38.46 ރުފިޔާގެ ރޭޓުން މަހެއްގެ މައްޗަށް 8000 ރުފިޔާ އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި ލިބޭ ގޮތަށެވެ.

އަސާސީ އުޖޫރަ:

  • ކުދި ފަންތީގެ ވިޔަފާރި: 4500ރ.
  • މެދު ފަންތީގެ ވިޔަފާރި: 7000ރ.
  • ބޮޑެތި ވިޔަފާރި: 8000ރ.
  • ޕަބްލިކް ސެކްޓަރު: 7000ރ.

މީގެ އިތުރުން ޕަބްލިކް ސެކްޓާގައި 6 ގަޑިއިރު މަސައްކަތްކުރާ ދާއިމީ މުވައްޒަފުންނަށް މަހަކު 7،000 ރުފިޔާ ދިނުމަށް ވަނީ ކަނޑައަޅާފައެވެ.

މިނިމަމް ވޭޖު ކަނޑައަޅާފައި ވަނީ 9 ދާއިރާއަކުންނެވެ.