ފިޔަވަތީގައި އުޅޭ ކުދިންނަށް އިންފުލުއެންޒާ ވެކްސިން ޖަހަން ފަށައިފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އިންފުއެންޒާ ވެކްސިން ޖަހަނީ ފިޔަވަތީގައި އުޅޭ އުމުރުން 6 އަހަރުގެ ކުދިންނަށް ކަމަށެވެ.

އިންފުލުއެންޒާ ވެކްސިން ހަދިޔާ ކުރި އެސްޓީއޯއަށް ޖެންޑާ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

އިންފްލުއެންޒާ އާއި އަރިދަފުސް ރޯގާ އިތުރުވަމުން އަންނަކަން ފާހަގަ ވާތީ، މިފަދަ ބަލިތަކުން ރައްކާތެރިވުމަށްޓަކައި މި ދުވަސްވަރު ހާއްސަ ސަމާލު ކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.

ކޮވިޑް ބަލިމަޑުކަމެކޭ އެއްފަދައިން އަރިދަފުސް ރޯގާ އަދި އިންފްލުއެންޒާ އަކީ ވެސް ނޭވާލާ ނިޒާމުގެ ތެރެއިން ފެތުރޭ ބައްޔެއް ކަމުން، ކޮވިޑުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ސަމާލުކަން ދިނުން މުހިއްމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.