މާލޭގެ ސްކޫލެއްގެ ޓީޗަރަކު ދަރިވަރުންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މާލޭގެ ސްކޫލެއްގެ ޓީޗަރަކު، އެ ސްކޫލުގެ ދަރިވަރުންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިމަހުގެ 19 ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ މިހާރު ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމައްސަލަ ތަހުގީގުކޮށް ނިމެންދެން އެ ޓީޗަރު ވަނީ ސަސްޕެންޑްކޮށްފައެވެ. ސަސްޕެންޑްކުރީ މާލޭގެ ސްކޫލެއްގެ މަތީ ގްރޭޑްތަކަށް އަރަބި ކިޔަވައިދޭ ފިރިހެން ޓީޗަރެއް ކަމަށް ވެސް މައުލޫމާތު ވަނީ ލިބިފައެވެ.

އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީ އަދި ޖެންޑާ މިނިސްޓްރީގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

މީގެ ކުރިން ވެސް މާލެ ސްކޫލެއްގައި ޖިންސީ ގޯނާގެ މައްސަލައެއްގައި ޓީޗަރަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.