ފަތުރުވެރިކަން ތަރައްގީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ރަށްރަށާއި ބިންބިމުގެ ތެރެއިން 18 ޓޫރިސްޓް ރިސޯޓް ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް ހުޅުވާލައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީއިން ވަނީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެންބަރު 4 ވަނަ ދުވަހުގެ 10:00 ގައި އަދި ޖެނުއަރީ 20 ވަނަ ދުވަހު 10:00 ގައި ވާޗުއަލްކޮށް ބާއްވާ މައުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް އެދިފައެވެ.

ބީލަމުގެ އުސޫލުމް ތަރައްގީކޮށް ހިންގަން ހުޅުވާލި ރަށްތައް:

  • ހއ. މެދަފުށި؛ 10.90 ހެކްޓަރު
  • ހއ. އަލިދުއްފަރުފިނޮޅު؛ 3 ހެކްޓަރު
  • ހދ. ކުޑަފަރުފަސްގަނޑު؛ 1.20 ހެކްޓަރު
  • ށ. ކުޑަޅައިމެންދޫ؛ 14.70 ހެކްޓަރު
  • ރ. އެއްތިގިލި، އަލިފުށި ފަޅުން 10 ހެކްޓަރު؛ 20 ހެކްޓަރު
  • މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު؛ 4.28 ހެކްޓަރު
  • މ. މާއުސްފުށި؛ 10.40 ހެކްޓަރު
  • ފ. އެނބުލުފުށި؛ 1.00 ހެކްޓަރު
  • ފ. ޖިންނަތުގައު؛ 0.89 ހެކްޓަރު
  • ތ. ކާއްޑޫ؛ 3.9 ހެކްޓަރު
  • ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު؛ 3.54 ހެކްޓަރު
  • ލ. ކަށިދޫ - 3.1 ހެކްޓަރު
  • ލ. ބޮޑުމުންޏަފުށި؛ 3 ހެކްޓަރު
  • ލ. ދޮންބެރެހާ އަދި ހޮޅަރެހާ؛ 4.44 ހެކްޓަރު
  • ގއ. މާރެހާ؛ 17 ހެކްޓަރު
  • ގއ. ފުނަދޫވިލިގިއްލާ؛ 5 ހެކްޓަރު
  • ގދ. ކަނޑަހަލަގަލާ؛ 7.4 ހެކްޓަރު
  • ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ؛ 9.26 ހެކްޓަރު

މި ރަށްތަކަށް ބީލަން ހުށަހަޅަނީ ހަތަރު މަސް ދުވަސް ދޭން މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ބީލަން ހުށަހަޅަން ދީފައިވާ ސުންގަނޑިއަކީ:

  • 27 ފެބުރުއަރީ 2022 ހެނދުނު 10:00 - ހއ، ހދ، ށ އަދި ރ އަތޮޅުގެ ރަށްތަކަށް
  • 27 ފެބުރުއަރީ 2022 މެންދުރު 1:00 - މ، ފ، ތ އަތޮޅުގެ ރަށްތަކަށް
  • 28 ފެބުރުއަރީ 2022 ހެނދުނު 10:00 - ލ، ގއ، އަދި ގދ އަތޮޅުގެ ރަށްތަކަށް

މިނިސްޓްރީއިން އިތުރަށް ބުނީ، ބީލަން ފޮތް ގަތުމަށް ހުށަހަޅަން ޖެހޭ އެޕްލިކޭޝަން ފޯމް އެ މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.