އަންނަ އަހަރަށް ދައުލަތުން ލަފާ ކުރާ ބެޖެޓް އަންނަ އާދީއްތަ ދުވަހު ހުށަހެޅުމަށް ނިންމައިފިއެވެ.

ފިނޭންސް މިނިސްޓްރީން ކަނޑައަޅާފައި ވަނީ އަންނަ އަހަރަށް 37 ބިލިއަން ރުފިޔާގެ ބަޖެޓަށް ހުށަހެޅުމަށެވެ.

އަންނަ އަހަރު ދައުލަތައް 23.6 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ. އެއީ ޓެކްސްގެ ގޮތުގައި ލިބޭ 14.7 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން ގޮތުގައި ލިބޭ 5.3 ބިލިއަން ރުފިޔާއެވެ.

އޭގެ އިތުރުން ބަޖެޓުގެ ރިކަރެންޓް ހަރަދުގެ ގޮތުގައި 21.2 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު ކެޕިޓަލް ހަރަދަށް 10.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައިވެއެވެ.

ހަމައެހެންމެ ހިލޭ އެހީގެ ގޮތުގައި2.2 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކުރާއިރު އާމްދަނީ ހޯދުމަށް އަލަށް ތައާރަފްކުރާ ކަންކަމުން ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 1.3 ބިލިއަން ރުފިޔާއެވެ.

އަންނަ އަހަރު ދަރަނި 10.2 ބިލިއަން ރުފިޔާއަށް އަރާއިރު، މިނިމަންވޭޖް ދިނުން ތަންފީޒުކުރަން ފެށުމާއެކު އިތުރަށް 500 މިލިއަން ރުފިޔާ އެކަމުގެ ސަބަބުން ހޭދަކުރަން ޖެހޭނެ ކަމަށް ވެސް ސަރުކާރުން ބަޖެޓުގައި ލަފާކުރެއެވެ.

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ 34.9 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.