ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އާ ޑިރެކްޓަރުންގެ ގޮތުގައި ދެ މީހަކު ހޮވައިފިއެވެ.

ބީއެމްއެލްގެ ބޯޑަށް ޑިރެކްޓަރުން ހޮވާފައި ވަނީ މިއަދު ހެނދުނު ބޭއްވި އެ ބޭންކުގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާގައެވެ.

ބީއެމްއެލް އިން ބުނީ، ސަރުކާރުގެ ފަރާތުން އައްޔަން ކުރުމަށް ހުށަހަޅާފައިވާ އާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ.ހިތަދޫ ވަނީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަން ކޮށްފައި ކަމަށެވެ. މީގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ ވަނީ ބޯޑަށް އައްޔަންކޮށްފައި ކަމަށް ވެސް ބީއެމްއެލުން ބުނެއެވެ.

މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަން ކޮށްފައިވާ ޑިރެކްޓަރުންނަކީ:

  • މރ. ޓިމޮތީ ސޯޔާ (ޗީފް އެގްޒެކެޓިވް އޮފިސާ އަދި މެނޭޖިން ޑިރެކްޓަރު)
  • އާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ
  • ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް
  • ޖުވައިރިޔާ ސައީދު، މއ. ކޮށީގެ
  • އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  • އަބްދުﷲ ހުސާމް ޝަރީފް، ދިގުވާންޑު، ސަވާ، ޏ.ފުވައްމުލައް
  • މުހައްމަދު ޝަރާހް، ކޮތަންގެ، ގދ. ފިޔޯރީ
  • އާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ބޯޑުގައި ޖުމްލަ 8 ޑިރެކްޓަރެއް މިހާރު އެބަތިއްބެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން އިންތިހާބު ކޮށްފައިވާ 3 ޑިރެކްޓަރުން އެބަ ތިއްބެވެ. އެއީ އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ، އަހްމަދު މުހައްމަދު، ގ. އުފާ އަދި އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫއެވެ.