ހދ. ކުޅުދުއްފުށި ސިޓީން ފެނުނު 42 އިންޗީގެ ހަރުފަ ސިފައިން ހިފައިފިއެވެ.

ކުޅުދުއްފުށީގައި ހުރި ލަކުޑިތަކެއް ކައިރިން ހަރުފައެއް ސިފައިން ހިފާ ވީޑިއޯއެއް ދަނީ ދައުރުވަމުންނެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށީ ފަޔާ ސްޓޭޝަނުގެ ސިފައިން، ކުޅުދުއްފުށި ސިޓީން ފެނުނު ހަރުފައެއް ހިފާފައިވާ ކަމަށެވެ.

ކުޅުދުއްފުށި ސިޓީއިން މިއަދު ހިފި 42 އިންޗީގެ ހަރުފަ

އެމްއެންޑީއެފުން އިތުރަށް ބުނީ، މި ހަރުފަ މިއަދު ފެނިފައިވަނީ، ރާއްޖެއިން ބޭރުން ގެނައި ލަކުޑިތަކެއްގެ ތެރެއިން ކަމަށާއި މި ހާދިސާގެ މައުލޫމާތު ކުޅުދުއްފުށީ ފަޔާ ސްޓޭޝަނަށް މިއަދު ލިބުމާ އެކު، ސިފައިންގެ ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސް، ފުލުހުންނާ ގުޅިގެން ހަރުފަ ހިފުމުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.