ތިލަފުށީގައި ހުންނަ "ޓިމްބާ ހައުސް" ގުދަނުގައި ރޯވި އަލިފާން ގަނޑު ކޮންޓްރޯލްކޮށްފިއެވެ.

އެމްއެންޑީއެފްއިން ބުނީ ކ.ތިލަފުށީގައި ހުންނަ "ޓިމްބާ ހައުސް" ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފައިވާކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ 10:05 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށެވެ.

މިފަހަކަށް އައިސް މާލެ ސަރަހައްދުގައި މިފަދަ އަލިފާނުގެ ހާދިސާތަކަށް އަންނަނީ އިތުރުވަމުންނެވެ.