19 އަހަރުގެ އަންހެނަކަށް މާލޭގައި އަނިޔާކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ 19 އަހަރުގެ އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ 01:30 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެމައްސަލާގައި 19 އަހަރުގެ ދިވެހި ފިރިހެނަކު ރޭ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ފުލުހުން އެހެން ބުނެފައިވަނީ ރޭ އަންހެން ކުއްޖަކު ރަހީނުކޮށް އެކުއްޖާއަށް އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ހަބަރު ފެތުރިފާވަނިކޮށެވެ.

ސޯޝަލް މީޑިއާގައި އެއަންހެން މީހާ ރަހީނު ކުރި ކަމަށް ބުނި ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ހަބަރުތަކުން ބުނާ ގޮތުން، އެ އަންހެން މީހާ އަށް އަނިޔާ ކުރީ ހުޅުމާލެއިން ރަހީނުކޮށްގެން މާލެ ގެނެސް ބަންދުކޮށްފައި ބަހައްޓައިގެންނެވެ. އަދި އެ އަންހެން މީހާ ހޯދީވެސް އާއިލާއާއި ރައްޓެހިން ނުކުމެ ކަމަށް ވަނީ ހަބަރު ފެތުރިފައެވެ.