ކ މާފުށި ކައިރީގައި އޮތް ސަފާރީއެއްގެ އިންޖީނު ރޫމުގައި އަލިފާންގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ މާފުށި ކައިރީގައި އޮތް ސަފާރިއެއްގެ އިންޖީނު ރޫމުގައި އަލިފާން ރޯވެގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފަޔާމަނުންނާ އެކު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަޔާ ލޯންޗް، ފަޔާމަނުންނާއެކު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

އެ ހާދިސާގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 08:31 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމެއް ސާފެއް ނުވެއެވެ.

އަދި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފުވެފައެއް ނުވެއެވެ.