އަމީނީމަގު ސީގަލް ފިހާރަ އިންވެގެން ހުރި ގ.ތުނޑި ގޭގެ ހަތަރު ވަނަ ފަންގިފިލާގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލައިފިއެވެ.

މްއެންޑީއެފުން ބުނީ، އަމީނީމަގު ސީގަލް ފިހާރަ އިންވެގެން ހުރި އެއިމާރާތުގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްގެ ސިފައިން ހަރަކާތްތެރިވި ކަމަށެވެ.

އެ ހާދިސާގެ ރިޕޯޓް އެފްއާރްއެސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 11:51 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.

އެމްއެންޑީއެފްއިން ބުނީ ގ.ތުނޑި ގޭގެ ހަތަރުވަނަ ފަންގިފިލާގައި ރޯވި އަލިފާންގަނޑު ނިއްވާލީ މެންދުރު 12:16 ގައި ކަމަށެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ސީގަލްގެ ބިދޭސީ އެކޮމެޑޭޝަން ބްލޮކްގައި ކަމަށް މައުލޫމާތު ލިބެއެވެ.