މާލޭ ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް އެ ކައުންސިލުން މިއަދު ނިންމައިިފިއެވެ.

އެކަން ހާމަކޮށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އިއްޔެ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ސިޓީ ކައުންސިލްގެ ވަޒީފާތަކަށް ބިދޭސީން ނުނެގުމަށް ނިންމާފައިވާ ކަމަށެވެ.

އަދި މިހާރު ސިޓީ ކައުންސިލްގެ އެކި މަސައްކަތުގައި އުޅޭ ބިދޭސީން މަދުކޮށް، އެ ވަޒީފާތަކަށް ދިވެހިން ނެގުމަށް ނިންމާފައިވާ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ. އަދި ވަޒީފާ ދޭއިރު، ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމަށް ކައުންސިލުން ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ވަޒީފާތަކަށް ދިވެހިންގެ ބަދަލުގައި ބިދޭސީން ނަގާ މައްސަލަ ބޮޑުވެފައިވާއިރު، ސިޓީ ކައުންސިލްގެ ދަށުން ވެސް ގިނަ އަދަދެއްގެ ބިދޭސީން މި ވަގުތު މަސައްކަތް ކުރަމުން ދެއެވެ.