ރ. އުނގޫފާރު މަގުހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ ދަށުން ތާރު އަޅާ ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ޖުމްލަ 3.2 ކިލޯ މީޓަރު ދިގު މިނުގެ 14 މަގެއްގައި ތަރުއަޅާ ވަނީ ނިމިފާ ކަމަށެވެ. އަދި އެ މަޝްރޫއުގެ 87 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

އެމްޓީސީސީން ބުނީ އެމަޝްރޫއުގެ ދަށުން، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރުއެޅުމާ، 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުން ހިމެނެއެވެ.

އޭގެ އިތުރުން 16،488 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްގްރޭޑް މަސައްކަތް ކުރުން އަދި ފެން ހިންދާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އެ މަޝްރޫއުގެ ދަށުން ހިމެނެއެވެ.

އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 12 ވަނަ ދުވަހެވެ. އަދި އެ މަޝްރޫއަކީ 28.02 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.