13 ވަނަ ސާޕް ޗެމްޕިއަންޝިޕް މުބާރާތާ ގުޅިގެން ރާއްޖޭގައި ގައުމީ ޖޯޝާއި ފުޓުބޯޅައިގެ ފޯރި އިތުރުކުރުމުގެ ގޮޮތުން، މުބާރާތުގެ ޓައިޓަލް ސްޕޮންސާ އުރީދޫ މޯލްޑިވްސްއިން، ގޯލް ޖަހައިގެން މޮޅުވާ ފަރާތްތަކަށް ހިލޭ 1 ޖީބީ ޑޭޓާ ލިބޭ ގޭމެއް ސެލްފްކެއާ އެޕްއިން ތައާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ 50 ރުފިޔާއަށްވުރެ މަތިން ރީޗާޖް ކުރައްވާ ފަރާތްތަކަށާއި ޕެކް އެކްޓިވޭޓް ކުރައްވާ ފަރާތްތަކަށް މިގޭމްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އަދި ޕެނަލްޓީ ކިކެއް ގޯލަށް ޖަހާ ސްކޯ ކުރާ ކަސްޓަމަރުންނަށް ހިލޭ ޖީބީ ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ސްކޯ އެންޑް ވިން ގޭމް ކުޅޭނެ ގޮތް ކިޔައިދެމުން އުރީދޫއިން ބުނީ އުރީދޫ އެޕް އަށް ވަދެ، 50 ރުފިޔާއިން މަތިން ރީޗާޖްކޮށްލުމުން ސްކްރީނުން ފެންނަ ޕްލޭ ވަންސް އަށް ފިއްތާލާ ޕެނަލްޓީ ކިކަކުން ގޯލް ޖަހާ ހިލޭ ޑޭޓާ ހޯދޭނެ ކަމަށެެވެ.

ކުރިއަށް އޮތްތަނުގައިވެސް މިފަދަ މަޖާ ގޭމް ކުޅެގެން އަގުހުރި އިނާމު ހޯދުމުގެ ފުރުސަތު އުރީދޫ އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސާޕް ޗެމްޕިއަންޝިޕް 2021 ގެ ޓައިޓަލް ސްޕޮންސާގެ ގޮތުގައި އުރީދޫ މޯލްޑިވްސްއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދަމުންނެވެ. މީގެ ތެރޭގައި ސޯޝަލް މީޑިއާ ކޮންޓެސްޓް އަދި އުރީދޫ އީ ކޮމާސް ޕްލެޓްފޯމް މެދުވެރިކޮށް ވިޔަފާރިކުރައްވާ ފަރާތްތަކަށް މެޗްތައް ބަލާލުމަށް ޓިކެޓް ހޯދުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައެވެ. މީގެ އިތުރުން ފުޓުބޯޅައިގެ ފޯރީގައި ރައްޔިތުންނާއި ބައިވެރިވެ ކުލަގަދަ ކުރުމަށް އެކި އެކި ހަރަކާތްތައް ވަނީ ރޭވިފައެވެ.