ހުޅުމާލެ ފޭސް 2 ގައި ހުރި ހިޔާ ފްލެޓުން ފްލެޓް ލިބުނު މީހުންގެ ތެރެއިން 23 މީހަކު އެ ފްލެޓްތައް ދޫކޮށްލައިފި ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ، ހިޔާ މަޝްރޫއުގެ 6720 ފްލެޓްގެ ތެރެއިން މިހާތަނަށް ގުރުނަގާފައި ވަނީ 6455 ފްލެޓަށް ކަމަށާއި އޭގެ ތެރެއިން 6215 ފަރާތަކަށް ސޮއި ކުރަން އަންގާފައި ވާ އިރު ސޮއި ކުރެވުނީ 6084 ފްލެޓަށް ކަމަށެވެ. އަދި ތަފާތު ސަބަބުތަކާ ހުރެ 207 ފަރާތަކީ އެއްބަސްވުމުގައި ސޮއި ނުކުރާ ފަރާތްތައް ކަމަށާއި އޭގެ ތެރޭގައި ނިޔާވެފައިވާ 30 މީހަކު ހިމެނޭ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި ފްލެޓް ލިބުނު މީހުންގެ ތެރެއިން 23 މީހަކު ފްލެޓް ދޫކޮށްލާފައި ވަނީ އެމީހުން ފްލެޓް ބޭނުން ނުވާ ކަމަށް ބުނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މިހާތަނަށް ގުރަށް ނުލައި ހުރި 265 ޔުނިޓަކަށް ގުރުލާން ހައުސިން މިނިސްޓްރީން ވަނީ 17 ނަމެއް ފޮނުވާފައި ކަމަށާއި އެ ނަންތަކަށް މާކްސް ލިބިނު ގޮތް އެޗްޑީސީއަށް ނޭނގޭ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެ މީހުންގެ ގުރު ނަގާނެ ސީދާ ތާރީހު ހާމަ ނުކުރި ނަމަވެސް ވަރަށް އަވަހަށް ގުރުނަގަން ތައްޔާރުވަމުން ދާ ކަމަށް އެޗްޑީސީން ބުންޏެވެ.
ހިޔާ ފްލެޓް ލިބުނު ގިނަ އާއިލާތަކެއް ދަނީ ފްލެޓްތަކަށް ދިރިއުޅުން ބަދަލު ކުރަމުންވެ. އެގޮތުން 200 ޔުނިޓެއްގައި މިހާރު މީހުން ދިރިއުޅޭ އިރު 4000 ޔުނިޓެއްގައި ފިނިޝިން މަސައްކަތް ކުރަމުން އެބަދެއެވެ.
ފްލެޓުތަކަށް މީހުން ބަދަލު ވަމުން ދާ އިރު ފޭސް 2 ގައި އަސާސީ ގިނަ ހިދުމަތްތައް ލިބެން ނެތުމުން އާންމުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. އެޗްޑީސީން ބުނެފައި ވަނީ މީހުން ބަދަލުވެ ދިރިއުޅެން ފަށަން ވާއިރަށް ކަރަަންޓާއި ފެނާއި އިންޓަނެޓްގެ ހިދުމަތް ފަސޭހައިން ލިބޭނެ އިންތިޒާމްތައް ހަމަޖައްސަން މަސައްކަތް ކުރާ ކަމަށެވެ. އަދި މިހާރު އާންމު ދަތުރުފަތުރަށް ފަސޭހައަށް 2 ބަސް ސްޓޮޕެއް ހަދާ ދަނީ ބޭނުން ކުރަމުންނެވެ. އޭގެ އިތުރުން ފުލެޓްތަކަށް ދާން އޮންނަ މަގުތައް ހެދުމުގެ މަސައްކަތްވެސް ބާރަށް ކުރަމުން އެދެއެވެ. މީގެ އިތުރުން 3 ސްޕަމާޓަކާއި، ކެފޭއާއި ބޭސްފިހާރައާއި އެހެނިހެން އަސާސީ ހިދުމަތްތައް ގާއިމު ކުރުމުގެ މަސައްކަތްތައް ކުރިއަށް ދާ ކަމަށް އެޗްޑީސީން ބުނެއެވެ.
އަދި ފްލެޓް ސަރަހައްދުގެ ސެކިޔުރިޓީ ހަރުދަނާ ކުރުމަށް ފްލެޓްތަކުގެ ތިރީގައި 2 ޕޮލިސް ޕޯސްޓް ހެދުމާއި، ފޭސް 2 ގައި ޕޮލިސް ސްޓޭޝަނެއް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
ހިޔާފްލެޓް ލިބުނު ކިތައްމީހުނަށް ހިޔާ ފްލެޓް ނުދީއެ އުޅެނީ
މި ލާއިންސާނީ ވެރިކަން އުފަންވީސުރެން ފުލެޓު ތައް އެގޮތް މިގޮތަށް ބަދަލުކޮށް ބޭނުންވާ މީހަކަށް ފުލެޓުތައް ބަހުމުގެތެރޭގާ އެތައް މައްޔިތަކަށް ވެސް ފުލެޓު ދިންކަން މިހާރު ސާބިތު ވެފަ ތި އޮތީ، ނުވިތާކަށް ރއިބުރާހީމް ކޮތަރުކޮއްޓޭ ގޮވާފަ ރައީސްގެ އެއްބަނޑު މީހާ ވެސް، ހަމަ އެ ކޮތަރު ކޮއްޓަށް ލައިފި ކަމށް ވަނީ.