ދިވެހިރާއްޖޭގެ ގައުމީ ދުވަހާ ގުޅިގެން އެސްޓީއޯގެ ފިހާރަތައް ބަންދުވާނެ ކަމަށް އެކުންފުނިން ބުނެފިއެވެ.

އެސްޓީއޯއިން ބުނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓްގެ ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި ބަންދުވާނެ ކަމަށެވެ.

އެގޮތުން ވިޔަފާރި ދެން ހުޅުވާނީ އޮކްޓޫބަރު 9، 2021 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 09:00 ގައި ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއިން ވަނީ އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

ގައުމީ ދުވަސް ފާޙަގަކުރަނީ ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ ފުރަތަމަ ދުވަހުގައެވެ. މިއަހަރުގެ ގައުމީ ދުވަސް ދިމާވަނީ މިމަހުގެ ހަތްވަނަ ދުވަހާއެވެ.

އެސްޓީއޯ ފިހާރަތައް ބަންދުކޮށްފައި ވާއިރު އެސްޓީއޯގެ ފިހާރަތަކުން ގޭތެރެއަށް ބޭނުންވާ ސާމާނާއި ކެއިން ބުއިމަށް ބޭނުންވާ ގިނަ ސާމާނުތައް ލިބެން ހުރެއެވެ.އެސްޓީއޯއަކީ ދިވެހި މުވައްޒަފުން މަސައްކަތް ކުރާ ތަނެކެވެ.