ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ 54 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައި ވަނީ އުމުރުން 54 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އޭނާ މަރުވެފައި ވަނީ ރޭ މެންދަމު 2:40 ހާއިރު ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިއީ ރާއްޖޭން ކޮވިޑުގެ ބަލީގައި މަރުވި 232 ވަނަ މީހާއެވެ. އަދި މި މަހުގައި މަރުވި ފުރަތަމަ މީހާއެވެ.

މިދިޔަ އޮގަސްޓާއި ސެޕްޓެމްބަރު، މިއިން ކޮންމެ މަހަކު ފަސް މީހަކު ވަނީ ކޮވިޑުގެ ބަލީގައި ރާއްޖޭން މަރުވެފައެވެ.