ގދ. ފަރެސްމާތޮޑާ އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ފަޔާ ބިލްޑިންގެ ސްޓްރަކްޗަރަލް މަސައްކަތަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ބުނެފިއެވެ.

އެމްޓީސީސީއިން ބުނީ ފަރެސްމާތޮޑާ އެއާޕޯޓް ރަންވޭގެ އޭބީސީ ހެދުމަށްޓަކައި ބޭނުންވާ ތަކެތި މިހާރު ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ.

މި މަޝްރޫގެ ދަށުން، 1200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންއަކާއި ސާވިސް ރޯޑު އިމާރާތް ކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ 144.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

އެމްޓީސީސީއަކީ ކޮންސްޓަރްކްޝަން މަސައްކަތާއި، ބަނދަރު ހެދުމުގެ މަސައްކަތާއި މަގު ހެދުމާއި ތާރު އެޅުން ފަދަ މަޝްރޫއުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރާ ކުންފުންނެކެވެ. މިގޮތުން މިހާރުވެސް 65 މަޝްރޫއެއްގެ އަމަލީ މަސައްކަތް ދަނީ ކުރަމުންނެވެ. އޭގެ ތެރޭގައި އެއާޕޯޓު ތަރައްގީކުރުމުގެ 2 މަޝްރޫއެއް ހިމެނެއެވެ.