ހަފްތާއަކު ތިން ބިހަށް ވުރެ ގިނައިން ކައިފިނަމަ ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށް އާ ދިރާސާއެއް ބުނެފިއެވެ.
ޝިކާގޯގެ ނޯތުވެސްޓާން ފެއިންބާގް ސްކޫލް އޮފް މެޑިސިންގެ ދިރާސާގައި ބުނީ ހަފްތާއަކު ތިން ބިހަށް ވުރެ ގިނައިން ބިސް ކާ މީހުންނަށް ވުރެ މަދުން ކާ މީހުންނަށް ދިމާވާ ހިތުގެ މައްސަލަތައް މަދުކަމަށެވެ.
މި ދިރާސާގައި ބުނީ ދުވާލެއްގެ މައްޗަށް 300 މިލިގްރާމަށް ވުރެ ގިނައިން ޑައެޓްރީ ކޮލެސްޓްރޯލް ބޭނުން ކުރުމަކީ ހަށިގަނޑަށް ނުރައްކާ ކުރިމަތި ކުރުވަފާނެ ފަދަ ކަމެކެވެ.
އެގޮތުން ބިހުގެ ގޮބޮޅިއަކީ މި ބާވަތުގެ ކޮލެސްޓްރޯލް މަތީ މިންވަރަކަށް އެކުލެވޭ އެއްޗަކަށް ވުމާއެކު ބިސް ކާ މިންވަރު ކޮންޓްރޯލު ކުރުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.
މިބާވަތުގެ ކޮލެސްޓްރޯލް ބޭނުންކުރާ މިންވަރު ދުވާލެއްގެ މައްޗަށް 300 މިލިގްރާމަށް ވުރެ އިތުރު ނަމަ ހިތުގެ ބަލިތައް ކުރިމަތިވުމުގެ ފުރުސަތު 3.2 ޕަސެންޓް އިތުރުވާ ކަމަށް ޝާއިއުކޮށްފައިވާ ދިރާސާގައި ވަނީ ބުނެފައެވެ. އަދި އުމުރު ކުރުވުމުގެ ފުރުސަތު 4.4 ޕަސެންޓް އިތުރުވެގެން ދާ ކަމަށް ދިރާސާގައި ބުނެފައި ވެއެވެ.
ވުމާއެކު ހަފްތާއަކު ތިން ބިހަށް ވުރެ އިތުރަށް ނުކެއުމަށް މިދިރާސާ ކުރިއަށް ގެންދިއުމުގައި ހަރަކާތްތެރިވި ވިކްޓާ ޒޯންގް ވަނީ ވިދާޅުވެފައެވެ.