ފަތުރުވެރިންގެ ދުވަހާ ގުޅިގެން އއ. ދަނގެތީގައި ގޮނޑުދޮށް ތަކާއި ހޭޅިފަށް ސާފުކުރުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

ޖަމްއިއްޔަތުލް އަންވާރުގެ އިސްނެގުމާއެކު ހިންގި މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު ކަމަށް އެޖަމިއްޔާއިން ބުނެއެވެ.

އެގޮތުން އެ ޖަމިއްޔާގެ ޝިޔާރަކީ "އިންސާނިއްޔަތަށް ހިދްމަތް ކުރާށެވެ." ކަމަށް އެޖަމިއްޔާއިން ވަނީ ބުނެއެވެ.

އަންވާރު ޖަމިއްޔާއިން ވަނީ ދަނގެތީގައި ބާރަށް ފުޅާވަމުން އަންނަ ރަށު ފަތުރުވެރިކަން ދެމެހެއްޓުމާއި ރައްޔިތުން ސަމާލު ކުރުވުމާއި ސާފުތާހިރުކަން ދެމެހެއްޓުމަށް ގޮވާލާފައެވެ.

އެޖަމިއްޔާއިން ބުނީ އެހަރަކާތް ހިންގާފާވަނީ، ރަށުގެ ހީވާގި ވިމެންސް ވޮލީ ޓީމްގެ ފުރިހަމަ ބައިވެރި ވުމާ އެހީތެރި ކަމާއި އަދި އާންމު ގިނަބައެއްގެ ބައިވެރިވުމާ އެކުގައި ކަމަށެވެ.

އެ ކަމުގައި ބައިވެރިވި ދަނގެތީގެ ގެސްޓް ހައުސްތަކަށާ، ސަފާރީ ތަކަށާ ވިމެންސް ވޮލީ ޓީމުގެ އިތުރުން ރައްޔިތުންނަށް އަންވާރު ޖަމިއްޔާ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.