އައްޑޫ ސިޓީގައި އިއްޔެ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް 18 ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 8 ކޭސް ފެނިފައިވަނީ ހިތަދޫން ކަމަށެވެ. އޭގެ އިތުރުން 8 ކޭސް ފޭދޫން ފެނިފައިވާއިރު އަނެއް ދެ ކޭސް ފެނިފައިވަނީ މަރަދޫ އަދި މަރަދޫފޭދޫއިން ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.
އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 13 ޑައިރެކްޓް ކޮންޓެކްޓުންނާ ދެ ފުލާ ސާމްޕަލް، އެއް ރެންޑަމް ސާމްޕަލް އަދި ދަތުރުކުރި މީހެއް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
އައްޑޫގެ މުޅި ޖުމްލަ އެކްޓިވް ކޭސްގެ އަދަދު ވަނީ 210 އަށް އަރާފައެވެ. އެގޮތުން އެކްޓިވް ކޭސްތައް އެންމެ ގިނައީ ފޭދޫގަ އެވެ. އެއީ 107އެވެ.
އޭގެ އިތުރުން މަރަދޫފޭދޫގައި 5 ކޭސް، މަރަދޫއި އެކްޓިވް 37 ކޭސް، ހިތަދޫގައި 60، އަދި ގަމުގައި އެއް ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.
ކޮވިޑްގެ ހާލަތާ ގުޅިގެން އެޗްޕީއޭ އިން ހިތަދޫ، މަރަދޫ، މަރަދޫފޭދޫ އަދި ފޭދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ. ހުޅުދު އާއި މީދޫ މޮނިޓަރިން އަށް ލީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
އައްޑޫން މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ ތެރެއިން ހަ މީހަކަށް އައްޑޫ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުންދާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ބުންޏެވެ.
ކޮވިޑު ޖެހިގެން އައްޑޫން ހަތަރު މީހަކު ވަނީ މަރުވެފައިވެއެވެ.