މާލޭގައި ދުވަހު ކުއްޔަށް ކޮޓަރި ދޫކުރާ ގެސްޓް ހައުސެއްގައި ޒުވާނަކު ބަރަހަނާކޮށް އޭނާއަށް އަނިޔާ ކުރި މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ކުރަމުން ގެންދާ ކަމަށެވެ. އެގޮތުން މި މައްސަލައިގެ ވަށައިގެންވާ ހުރިހާ ކަމެއް ވެސް މި ތަހުގީގުގެ ތެރެއިން ބެލިގެން ދާނެ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގައި ތަހުގީގު ކުރިއަށްދާ ގޮތް މައްސަލަ ހުށަހެޅި ފަރާތާ ހިއްސާ ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ގުރޫޕަކުން އެ ޒުވާނާއަށް އަނިޔާކުރާ މަންޒަރު ފެންނަ ދެ ވީޑިއޯއެއް ވަނީ އާންމުވެފައެވެ. އެއް ވީޑިއޯގައި އެ ޒުވާނާއަށް ވަރަށް ބޮޑަށް އަނިޔާ ކުރާ މަންޒަރު ފެނެއެވެ. އަދި އިންޒާރުދޭ މަންޒަރުވެސް ފެނެއެވެ. އެ ވީޑިއޯގައި ދެން ފަހަރަކުން ބަރަހަނާ ކޮށްލާނެ ކަމަށްވެސް ބުނާ އަޑު އިވެއެވެ.
އޭގެ ފަހުން އާންމުވި ވީޑިއޯގައި އެ ޒުވާނާ ބަރަހަނާކޮށް އަނިޔާ ކުރާ މަންޒަރު ފެނެއެވެ. އަދި ލަދުވެތި ގުނަވަން ދައްކަން މަޖުބޫރު ކުރުވައެވެ. އެ މީހުން އޭރު ގެންދިޔައީ އެ މަންޒަރު ވީޑިއޯ ކުރަމުންނެވެ.
ތިޔަ ޒުވާނާ ވަޅި ހިފައިގެން މީހުން ފަހަތުން ދުވެ މީހުންގެ އޮރިޔާއިން ފޮޓޯ ނަގަމުން ދުވި މައްސަލަ ތަހުގީގު ކޮށްބަލަ