އައްޑޫ ސިޓީގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފިއެވެ.
16 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް މިދިޔަ ހޯމަ ދުވަހު ފުލުހުންނަށް ހުށަހެޅިފައި ވެއެވެ. ނަމަވެސް އެ މައްސަލަ ނުބެލި ލަސްވަމުންދާތީ އެކަމާ ގުޅިގެން އައްޑޫގައި އިއްޔެ ވަނީ އިހުތިޖާޖު ކޮށްފައެވެ.
އެ އިހުތިޖާޖު ރޫޅާލަން ފުލުހުން ވަނީ ބާޜުގެ ބޭނުން ކޮށްފައެވެ. އެގޮތުން އިހުތިޖާޖު ރޫޅާލުމަށްޓަކައި ޕެޕާ ސްޕްރޭ ބޭނުން ކުރި އިރު، ބައިވެރިވި މީހުންގެ ގައިގައި މުގުރުން ތަޅާފައި ވެއެވެ.
ނަމަވެސް ފުލުހުން ބުނީ ބާރުގެ ބޭނުން ކުރީ އިއްޔެ ކުރި އިހުތިޖާޖުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅަން މަސައްކަތްކުރުމާ ގުޅިގެން ކަމަށެވެ. އެގޮތުން އެއްވެ ތިބި މީހުން ދުރަށް ޖެއްސުމުގެ ގޮތުން ފުލުހުން ޕެޕާ ސްޕްރޭ ބޭނުން ކުރި ކަމަށްވެސް ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ އައްޑޫ ސިޓީ ހިތަދޫ ފޮރެންސިކް ޑިޕާޓްމެންޓުގައި މަސައްކަތް ކުރަމުންދާ 34 އަހަރުގެ ފުލުސް މީހެކެވެ.
ފުލުހުން އަންނަނީ ފެމިލީ ޕްރޮޓެކްޝަން އޭޖެންސީ އާ ގުޅިގެން މި މައްސަލަ ބަލާ ތަހުގީގު ކުރަމުންނެވެ.