ސޯޝަލް މީޑިއާ އަށް ބަރަހަނާ ވީޑިއޯ އާންމު ކުރި މައްސަލައިގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
އެމައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 36 އަހަރުގެ މީހެކެވެ.
ފުލުހުން ބުނީ އެމައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަހުގެ މުއްދަތު މިއަދު ދީފައިވާ ކަމަށެވެ.
ރާއްޖޭގައި ދިރިއުޅޭ އެފިރިހެން މީހާ ބަރަހަނާ ވީޑިއޯއެއް ޓިކްޓޮކްގައި އާއްމުކޮށްފައި ވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އަދި އެމީހާ ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.
އެ މީހާ ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އެތައް ބަޔަކު އޭނާ ހައްޔަރުކުރަން ގޮވަމުންދާ ދަނޑިވަޅެއްގައެވެ.
ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބުނާ ގޮތުން ޖިންސީ ގުނަވަން އެހެން މީހަކަށް ހާމަކުރުމަކީ ކުށެކެވެ.