ސެމްސަންގް ކުންފުނީގެ ގެލެކްސީ ޒީ ފޯލްޑް3 5ޖީ ފޯނު ދިރާގުން ޕްރީއޯޑަރަށް ހުޅުވާލައިިފިއެވެ.

އެ ކުންފުނީގެ ސައިޓުން ޕްރީއޯޑާ ކުރުމުގެ ފުރުސަތު ހުޅުވާލައިފާ ވަނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީއޯޑާ ކުރުމުން 10 ޖީބީ ހިލޭ ޑޭޓާ ހަ މަސްދުވަހުގެ މުއްދަތައް ލިބޭނެއެވެ. މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީއޯޑާ ކުރުމުން ގެލެކްސީ ބަޑްސް 2 ހަދިޔާއެއްގެ ގޮތުގައި ލިބޭނެއެވެ.

ސެމްސަންގް ގެލެކްސީ ޒީ ފޯލްޑް3 5ޖީ ދިރާގު 5ޖީ އަދި ދިރާގު އީ-ސިމް ސަޕޯޓް ކުރާނެއެވެ.

ގެލެކްސީ ޒީ ފޯލްޑް3 5ޖީ ފޯނަކީ ސެމްސަންގް ފަތް ޖަހާލެވޭ ފޯނުތަކުގެ ތިން ވަނަ ޖެނެރޭޝަންގެ ފޯނެކެވެ. މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކޮށްލެވޭނެއެވެ. ބޮޑު ފޯނު ސްކްރީނަކުން ފެށިގެން ފަތް ޖަހާލެވޭ ގޮތަށް ފަރުމާ ކޮށްފައިވާ މި ތަފާތު އަދި މި ފޯނު މެދުވެރިކޮށް ކަސްޓަމަރުންނަށް މަސައްކަތް ކުރުމާއި މުނިފޫހިފިލުވުމުގެ ކަންކަން ކުރުމުގެ ތަފާތު ތަޖުރިބާއެއް ކުރެވޭނެއެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑަ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. ފޯނުގައި 7.6 އިންޗް "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއްގެ އިތުރުން ގެލެކްސީ ފޯލްޑް 3 5ޖީގައި އެސްޕެން ވެސް ސަޕޯޓް ކުރާނެއެވެ.