އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 1107 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އިތުރު 19 ކޭސް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 10 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. އޭގެ އިތުރުން މަރަދޫ އިން 7 ކޭސް، ފޭދޫއިން 2 އިން ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 11 ޑައިރެކްޓް ކޮންޓެކްޓާ އަދި ހަތަރު ރެންޑަމް ސާމްޕަލް، ފުލޫ ކްލިނިކުން ދެ ސާމްޕަލް އަދި ޓްރެވެލް ސާމްޕަލްއެއް ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 1107 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 7689 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 315 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 135 ކޭސްއެވެ.

މީގެ އިތުރުން މަރަދޫފޭދޫގައި 10 ކޭސް، ފޭދޫގައި އެކްޓިވް 28 ކޭސް، ހިތަދޫގައި 99، މީދޫގައި 32 ކޭސް، ހުޅުދޫގައި 10 އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.