އައްޑޫ ސިޓީން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 878 އަށް އަރައިފިއެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން ބުނީ އިއްޔެ ހަވީރު 6 ޖެހުމާ ހަމައަށް އާ 32 ކޭސް ފެނިފައިވާ ކަމަށެވެ.

އޭގެ ތެރެއިން 17 ކޭސް ފެނިފައިވަނީ މަރަދޫ އިންނެވެ. އޭގެ އިތުރުން މަރަދޫ ފޭދޫން 5 ކޭސް، ހިތަދޫން 4 ކޭސް، މީދޫން 4 ކޭސް އަދި ފޭދޫން 2 ކޭސް ފެނިފާވާ ކަމަށް އެ ހޮސްޕިޓަލުން ބުނެއެވެ. އަދި މަރަދޫފޭދޫ އަދި ފޭދޫ އިން ކޮންމެ ރަށަކުން ކޭސް އެއް ފެނިފައިވެއެވެ.

އިއްޔެ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 26 ޑައިރެކްޓް ކޮންޓެކްޓާ، 5 ރެންޑަމް ސާމްޕަލްއެއް އަދި ފުލޫ ކްލިނިކުން 2 މީހަކު ކަމަށް ހޮސްޕިޓަލުން ބުނެއެވެ.

އައްޑޫއިން 878 ކޮވިޑް ކޭސް ފެނިފައިވާއިރު އޭގެ ތެރެއިން 686 މީހުން ވަނީ ރަނގަޅުވެފައެވެ. މިބަލީގައި އައްޑޫ އިން ތިން މީހަކު ވަނީ މަރުވެފައެވެ.

އެކްޓިވް ކެސްތަކަށް ބަލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 189 ގައެވެ. އެގޮތުން އެންމެ ގިނަ އެކްޓިވް ކޭސް މިހާރު އުޅެނީ މަރަދޫގައެވެ. މަރަދޫގައި އެކްޓިވް ކޭސް އުޅެނީ 86 ކޭސްއެވެ.

މީގެ އިތުރުން މަރަދޫ އިން 95 ކޭސް، މަރަދޫފޭދޫގައި 28 ކޭސް، ފޭދޫގައި އެކްޓިވް 22 ކޭސް، ހިތަދޫގައި 38، މީދޫގައި 4 ކޭސް، ހުޅުދޫ އަދި ގަމުގައި 1 ކޭސް އުޅޭ ކަމަށް ހޮސްޕިޓަލުން ބުނެއެވެ.