އއ. އުކުޅަހު ބަނދަރު މަޝްރޫއުގެ 75 ޕަސެންޓު މަސައްކަތް ނިމި މިހާރު ކުރިއަށް ދަނީ ޕޭވްމަންޓްގެ ހެދުމުގެ މަސައްކަތް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގައު އެތުރުމުގެމަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 19,630 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 31 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 136 މީޓަރުގެސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 138.73 މީޓަރުގެ ޖެޓީއެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން 580 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ އުކުޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 19.9 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.