މީހުން ބިނާ ކުރުމަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ކޮންސްޓެންސް ރިޒޯޓްސް އާ ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން (އެމްއޯޔޫ) އެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި އެމްއެންޔޫގެ ފަރާތުން ސޮއި ކުރެއްވީ ޔުނިވާސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. މުހައްމަދު ޝަރީފެވެ. އަދި ކޮންސްޓަންސް ރިސޯޓްސްގެ ފަރާތުން ސޮއިކުރެއްވީ، ކޮންސްޓަންސް މޫފުށީގެ ޖެނެރަލް މެނޭޖަރު އޮންރީ އާނަލްފީ އާއި ކޮންސްޓަންސް ހަލަވެލީގެ ޖެނެރަލް މެނޭޖަރު ޓެންޖީ ލެގްރޭންޑެވެ.

ކޮންސްޓެންސް ރިޒޯޓްސްއާ އެކު ހަދާފައި ވަނީ ދެ އަހަރުގެ އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން ޓޫރިޒަމް ފެކަލްޓީގެ ދަރިވަރުންނަށް ކޮންސްޓެންސް މޫފުށި އާއި ކޮންސްޓެންސް ހަލަވެލިން އިންޓާންޝިޕް ފުރުސަތުތައް ލިބިގެންދާނެއެވެ. އެ އިންޓާންޝިޕްތައް ލިބޭނީ ފުޑް ޕްރޮޑަކްޝަން އާއި ފުޑް ސާވިސް އާއި ހައުސްކީޕިން އާއި ފްރޮންޓް އޮފީސް ދާއިރާތަކުންނެވެ.

މީގެ އިތުރުން ކޮންސްޓެންސް ރިޒޯޓުތަކުގައި އިންޓާންޝިޕް ހަދާ ކުދިންނަށް އިންޓާންޝިޕް ފުރިހަމަ ކުރި ކަމުގެ ލިޔުން ދޭނެއެވެ.