ކޮވިޑް-19 ޖެހިގެން ސްރީލަންކާއިން ދިވެއްސަކު މަރު ވެއްޖެއެވެ.

ލަންކާގައި ކޮވިޑް ޖެހިގެން ދިވެއްސަކު މަރުވިކަން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަންސް މިއުވާން މުހައްމަދު ވަނީ ކަށަވަރު ކޮށްދީފައެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ، ލަންކާގައި ކޮވިޑްގައި ދިވެއްސަކު ނިޔާވުމާއި ގުޅިގެން އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ކޮންސިއުލާ އެހީތެރިކަން ކޮލަމްބޯގައި ހުންނަ ދިވެހި ރާއްޖޭގެ ހައި ކޮމިޝަނުން ފޯރުކޮށްދެމުންދާ ކަމަށެވެ.

މި ދަނޑިވަަޅަކީ ކޮވިިޑް ހަލުވިކޮށް ފަތުރޭތީ ލަންކާގައި ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅާފައިވާ ދުވަސްވަރެއްކަމުން، ލަންކާގައި އުޅޭ ދިވެހިން ލަންކާގެ ސަރުކާރުގެ އިދާރާތަކުގެ އެންގުންތަކަށް ބޯލަނބާ ރައްކާތެރިވެ ތިބުމަށް މިއުވާން ވަނީ އިލްތިމާސް ކޮށްފައެވެ.

ލަންކާގައި ހަލުވިކަމާއެކު ކޮވިޑް ފެތުރެމުންދާއިރު އިއްޔެ އެކަނިވެސް އެ ގައުމުން 209 މީހަކު ވަނީ އެ ބަލީގައި މަރުވެފައެވެ. އަދި އެ ގައުމުގައި ކޮވިޑްގައި ނިޔާވިި މީހުންގެ ޖުމްލަ އަދަދު އުޅެނީ 8000 މަތީގައެވެ.

ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 225 އަށް އަރާފައި ވާއިރު ހޮސްޕިޓަލުގައި އެދުމަތިކޮށްގެން މިހާރު ފަރުވާދެމުން ގެންދަނީ 10 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެއިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު 225 އަށް އަރާފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 176 މީހަކު މަރުވެފައެވެ.