ދ. ހުޅުދެލި ބަނދަރު ފުންކުރުމުގެ ބޮޑުބައި ނިމިއްޖެއެވެ.

އެމްޓީސީސީ އިން ބުނީ ހުޅުދެލި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 82 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

އެމްޓީސީސީއިން އިތުރަށް ބުނީ މި މަޝްރޫއުގެ ދަށުން، ހުޅުދެލި ބަނދަރުގެ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް އޯގަސްޓް 23، 2021 ވަނަ ދުވަހު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 432 މީޓަރުގެ ބަނދަރެއް ހެދުމާއި، 277 މީޓަރުގެ ބޭރު ތޮށިލުމާއި، ބަނދަރު ސަރަހައްދުގެ ގޮންޑުދޮށް ހިމާޔަތްކުރުމަށް 60 މީޓަރުގެ ގްރޮއީންސް ޖެހުމަށާއި 60 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

މީގެ އިތުރުން، ބަނދަރުގައި ޕޭވްމަންޓް ހެދުމާއި އަދި ބަނދަރުގައި ލައީޓްޖެހުންވެސް މިމަޝްރޫއުގެ ތެރޭގައި ހިމެނޭ ކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ ގެ ފަރާތުން އެމްޓީސީސީންއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ހުޅުދެލި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަކީ 39.8 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެ ކުންފުނިން ބުނެއެވެ.