އައްޑޫ ސިޓީން ކޮވިޑް-19 ޖެހި މީހަކު މަރުވެއްޖެއެވެ.

އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނީ މަރުވެފައިވަނީ އުމުރުން 92 އަހަރުގެ އަންހެނެއް ކަމަށެވެ.

އެ މީހާއަކީ ކަރަންޓީންގައި ހުރި މީހެއްކަމަށާ، އެމީހާ އައްޑޫ ކޮވިޑް މެޑިކަލް ފެސިލިޓީއަށް ގެނެއުމުން މަރުވިކަމަށް ނިންމާފައިވަނީ މިއަދު 07:20 ގައި ކަމަށް އަައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ބުނެއެވެ.

މިއީ ކޮވިޑުގައި އައްޑޫ އިން މަރުވި ތިން ވަނަ މީހާއެވެ. މިއާއެކު ރާއްޖޭން މިބަލީގައި މަރުވި މީހުންގެ އަދަދު 224 އަށް މިވަނީ އަރާފައެވެ. މިމަހު ކޮވިޑުގައި ތިން މީހަކު ވަނީ މަރުވެފައެވެ.

ފުރަތަމަ މީހާ މަރުވެފައިވަނީ މިމަހު ދެވަނަ ދުވަހުއެވެ. އެއީ ޏ. ފުވައްމުލަކު އަތޮޅު ހޮސްޕިޓަލަށް ގެންދިޔަ މީހެކެވެ. ފުވައްމުލަކުން މަރުވެފައިވާ މީހާއަކީ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ދެވަނަ އަށް މަރުވެފައިވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެކެވެ. އެމީހާ މަރުވީ އިއްޔެއެވެ.