އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 4 ރަށެއްގެ ބައި-އިލެކްޝަން އޮކްޓޯބަރު 16 ގައި ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އީސީ އިން ބުނީ އޮކްޓޯބަރު 16 ވަނަ ދުވަހު ބައި އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ ހދ.ނޭކުރެންދޫ، ރ.މަޑުއްވަރީ، ނ. ކެނދިކުޅުދޫ އަދި ނ. މަގޫދޫ ކަމަށެވެ.

ސެޕްޓެމްބަރު 11 ވަނަ ދުވަހު ރ. މަޑުއްވަރީ، ހދ. ނޭކުރެންދޫ އަދި ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބޭއްވުމަށްޓައި ކުރިމަތިލުމަށް މި ދިޔަ ޖުލައި މަސް ތެރޭގައި އީސީ އިން ވަނީީ ހުޅުވާލާފައެވެ.

އެހެންނަމަވެސް ހދ. ނޭކުރެންދޫ ގައި އިންތިހާބު ކުރަންޖެހޭ އަދަދަށްވުރެ މަދުން މީހުން ކުރިމަތިލާފައިވާތީ އާއި ރ. މަޑުއްވަރީ އަދި ނ. ކެނދިކުޅުދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައިއިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވިއިރު އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ މި 3 ރަށުގެ ބައި އިލެކްޝަން އޮކްޓޯބަރު 16 ވަނަ ދުވަހަށް ފަސްކުރީ ކަމަށް އީސީ އިން ބުނެއެވެ.

އޮގަސްޓް 7،2021 ގައި ވަނީ 5 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި-އިލެކްޝަންގެ އިންތިހާބު ބާއްވާފައެެވެ.