ކޮވިޑް ބަލީގައި މިއަދު މީހަކު މަރު ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، މަރުވެފައި ވަނީ އުމުރުން 75 އަހަރުގެ ދިވެހި އަންހެނެއް ކަމަށާއި އޭނާ މަރުވީ މިއަދު 11:20 ގައި ކަަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެމީހާ މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މި މަރާ އެކު މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މިހުންގެ އަދަދު ވަނީ 223 އަށް އަރާފައި ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ މިމަހު މަރުވި ދެވަނަ މީހާއެވެ. މިމަހު ފުރަތަމަ މީހާ މަރުވެފައިވަނީ މިމަހު 3 ވަނަ ދުވަހުއެވެ. އެމީހާއަކީ ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 94 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ރާއްޖެއިން މި ބަލި ފެނުނުތާ މިއަދާ ހަމައަށް 532 ދުވަސް ވެފައި ވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް 49 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި މި އަހަރު ވަނީ 174 މީހަކު މަރުވެފައެވެ.