ފުވައްމުކަލު ސިޓީ މޮނިޓަރިން ހާލަތައް ގެނެސްފިއެވެ.

ފުވައްމުލައް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވަނީ އެރަށުގައި އަނެއްކާ ވެސް ކޮވިޑް ފެތުރެން ފެށުމާ ގުޅިގެންނެވެ. އެގޮތުން މިދިޔަ ހުކުރު ދުވަހު، 17 މީހަކު ކޮވިޑަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން 9 މީހަކީ ރަށުތެރޭ ސާމްޕަލް އިން ޕޮޒިޓިވްވި މީހުންނެވެ.

ފުވައްމުލައް އެންމެ ފަހުން ހުޅުވާލާފައި ވަނީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ. އެއީ މޮނިޓަރިން ހާލަތުގައި އޮންނަތާ ތިން މަސް ފަހުންނެވެ.

މިވަގުތު 19 ރަށެއް މޮނިޓަރިން ހާލަތުގައި އޮތްއިރު މިމަހު 20 ވަނަ ދުވަހު ކ. ގާފަރު މޮނިޓަރިން ހާލަތައް ވަނީ ލާފައެވެ. އަދި މިއަމހު 19 ވަނަ ދުވަހު ދެ ރަށެއް މޮނިޓަރިންނަށް ލާފައިވާއިރު އެއީ ގއ. މާމެންދޫ އަދި ގއ. ކަނޑުހުޅުދޫއެވެ

މި މަހުގެ 17 ވަނަ ދުވަހު 3 ރަށެއް ވަނީ މޮނިޓަރިންއަށް ލާފައެވެ. އެއީ ގދ. ތިނަދޫއާއި، އދ ދަނގެތި އަދި ގއ. މާމެންދޫއެވެ. މި މަހުގެ 16 ވަނަ ދުވަހު ވަނީ 6 ރަށެއް މޮނިޓަރިން ހާލަތަށް ލާފައެވެ. އެއީ ހދ. މަކުނުދޫ އާއި ބ. އޭދަފުއްޓާއި ބ. ކަމަދޫއާއި އދ. ހަންޏާމީދޫއާއި ހދ. ނެއްލައިދޫގެ އިތުރުން ހއ. އިހަވަންދޫއެވެ. އަދި މި މަހުގެ 3 ވަނަ ދުވަހު އއ. ހިމާންދޫން ވެސް ވަނީ މޮނިތަރިންއަށް ލާފައެވެ.

މި ލިސްޓުގައި ދެން އޮތީ 5 ރަށެކެވެ. އެ ރަށްރަށުގެ ތެރެއިން 4 ރަށެއް މޮނިޓަރިންއަށް ލާފައި ވަނީ މިދިޔަ ޖުލައި މަހުއެވެ. އެއީ ކ. ކާސިދޫއާއި، ށ. ފީވަކާއި، ހއ. ތަކަންދޫއާއި، ދ. ކުޑަހުވަދޫއެވެ.

މި ވަގުތު މޮނިޓަރިންގައި އޮތް ރަށްރަށުގެ ތެރެއިން އެންމެ ގިނަ ދުވަސްވެފައިވާ ރަށަކީ ރ. ދުވާފަރެވެ. އެރަށް މޮނިޓަރަށް ލާފައި ވަނީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހެވެ.