އިމާރާތަށް ކުލި ނުދައްކާ 4 އަހަރު ވަންދެން އިމާރާތް ބޭނުން ކުރަމުން ދާތީ ރ. ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީން ނިކުމެ އެރަށު އެސްޓީއޯ ބޭސްފިހާރަ ބަންދުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރު މަރިޔަމް އިޝާނާ ވިދާޅުވީ އެސްޓީއޯ ބޭސް ފިހާރަ ހިނގަމުން ދަނީ އަންހެނުން ކޮމިޓީގެ ބިމެއްގައި ކަމަށާއި އޭރު އޮތް ކޮމިޓީން ދެ އަހަރުގެ އެގްރީމެންޓް އެސްޓީއޯއާ ހެދީ އެސްޓީއިން މަރާމާތުކޮށް ހިނގުމަށް ހިލޭ ދިނުމަށް ކަމަށެވެ.

އެހެން ނަމަވެސް ދެ އަހަރު ހަމަވެ 4 އަހަރު ވެގެންދިޔަ އިރުވެސް އެގްރީމެންޓް އާއި މެދު އެސްޓީއޯއިން ގޮތެއް ނުނިންމާ ކަމަށް އިޝާނާ ވަނީ ފާހަގަ ކޮށްފައެވެ.

މިކަމާއި އެސްޓީއޯއާއި ވާހަކަ ދެއްކުމުން އަބަދުވެސް ބުނަމުންދަނީ ލިޔުމުން އެކަން ހުށަހަޅަން ކަމަށާއި އެދުނު ގޮތަަށް ލިޔެކިޔުމުން ކުރި މަސައްކަތުންވެސް އެސްޓީއޯގެ އެއްްބާރުލުން މިކަމުގައި ލިބިފައި ނުވާކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

އެސްޓީއޯ ބޭސްފިހާރަ އިމާރާތް ހިމެނޭ ގޯތި ސާފުކޮށް ބެލެހެއްޓުމަށް ވަޒީފާއަށްލާފައިވާ މީހުންނަށް މުސާރަ ދިނުމާއި ކުނި ފީ ގެ ހަރަދުތައްވެސް ހިނގައެވެ. މި ކަމަށް 2332 ރުފިޔާ ހަރަދު ވާކަމަށް އެ ކޮމިޓީ އިން ވަނީ ބުނެފައެވެ.

ކުލި ނުދައްކާ 4 އަހަރު: އަންހެނުން ކޮމެޓީން ރަސްމާދޫ އެސްޓީއޯ ބޭސްފިހާރަ ބަންދުކޮށްފި / ރަސްމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ

އިޝާނާ އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން އެ ބިމުގައި އެސްޓިއޯ ބޭސް ފިހާރަ ނުހިންގޭނެ ކަމަށް އެސްޓީއޯ އަށާއި ބޭސް ފިހާރައިގައި މަސައްކަތް ކުރާ ފާމަސިސްޓުންނަށް ވެސް ލިއުމުން އަންގާފާވާ ކަމަށެވެ. އަދި ބޭސް ފިހާރަ ބަންދުކުރިފަހުން ވެސް އެސްޓީއޯގެ ބަހެއް ކޮމިޓީއަށް ލިބިފައި ނުވާކަން އިޝާނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކައުންސިލާއި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު މިއަދު ތަން ބަންދު ކޮށްފާވާއިރު ބޭސްފިހާރައިގެ ބޭރުގައި ވަނީ ނުރުހުން ފާޅުކޮށް ލިޔުން ހިއްޕާފައެވެ. އެކަށީގެންވާ ގޮތަށް ބޭހުގެ ހިދުަމަތް ނުލިބޭ ކަމަށާއި ކޮންމެ ބޭސްސިޓީއަކަށް ދެބައިކޮށްފައި އެއްބައި ބޭސް އުނގޫފާރުން ގެންނަން ޖެހެ ކަމަށް ލިޔެފައިވެއެވެ.