އއ.މާޅޮހުގައި އެމްޓީސީސީން ކުރިއަށް ގެންދާ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވާލައްވައިފިއެވެ.

އާޒިމްގެ މި ދަތުރުގައި، އާޒިމްގެ އިތުރުން އެމްޓީސީސީގެ ޓީމު ވަނީ މާޅޮހުގެ ކައުންސިލާއި ބައްދަލުކުރައްވާ ވަނީ މަޝްރޫއުއާއި ބެހޭ ތަފްސީލީ މައުލޫމާތު ހިއްސާކުރައްވާފައެވެ.

މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން 24،335 ކިއުބިކް މީޓަރުގެ ސަރަހައްދުގެ ބަނދަރު ފުންކުރުމާއި، 407 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި ލުމާއި، 100 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 394 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 56 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ހިމެެނެއެވެ.

މީގެ އިތުރުން 1970 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓް ހެދުމާއި، ރޭމްޕް ހެދުމާއި، ނެރު ބައްތި އަދި މަގު ބައްތި ހަރުކުރުމުގެ ހިމެނެއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 56.97 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އެ މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ ނޮވެންބަރު 10، 2020ގައެވެ.