ރ. އަނގޮޅިތީމު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމުގެ މަސައްކަތް ޖޫން މަހުގެ 24 ވަނަ ދުވަހު ވަނީ ނިމިފައިވާ ކަމަށާއި ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 55 ޕަސެންޓް ވަނީ ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އަނގޮޅިތީމު ބަނދަރު 42000 ކިއުބިކް މީޓަރަށް ފުން ކުރުމަށް ހަމަޖެހިފައިވާއިރު، 615 މީޓަރަށް ނެރު ފުން ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން 221 މީޓަރުގެ ބޮޑުހިލަ ބޭރުތޮށިލުމާއި، 91.44 މީޓަރުގެ އެއްގަމު ތޮށިލުމާއި، 12 ބަނދަރު ބައްތި ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި 1110 ސްކެއާ މީޓަތރުގެ ޕޭވްމަންޓް ހެދުމާއި، 5 މޫރިން ބްލޮކްސް ހެދުމާއި، 166 މީޓަރުގައި ރިވެންޓްމަންޓް ޖެހުމުގެ އިތުރުން 2 ނެރު ބައްތި ޖެހުން ވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 44.7 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.