ކ.ކާށިދޫން ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.
ކާށިދޫ ސިއްހީ މަރުކަޒުން އާންމުކުރި މައުލޫމާތުތަކުން ދައްކާގޮތުގައި އިއްޔެ އެރަށުން 7 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.
މީގެ ތެރޭގައި ރެންޑަމް ދެ ސާމްޕަލް އަކާއި ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ހެދި 5 މީހަކު ހިމެނެއެވެ.
އެއާއެކު އެރަށުން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު 160 އަށް އަރާފައިވާއިރު އެ ކޭސްތަކާ ގުޅިގެން އެރަށުގެ 89 ގެ މޮނީޓަރިން އަށް ވަނީ ލާފައެވެ. އަދި ހަ ގެއެއް ވަނީ ކަރަންޓީނު ވެސް ކޮށްފައެވެ.
ޕޮޒިޓިވްވި މީހުންގެ ތެރެއިން 55 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އެއާއެކު އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 105 ގައެވެ.
ކާށިދޫ މޮނީޓަރިންގެ ހާލަތަށް ލާފައިވަނީ ޖުލައި 13 ވަނަ ދުވަހުއެވެ.