ފުވައްމުލަކު ގެއެއްގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ، ފުވައްމުލަކު ސިޓީ މިސްކިތްމަގު އަވަށުގެ ލަކީސްޓާގޭގެ ބަދިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމުގެ ރިޕޯޓު މިއަދު މެންދުރު ފަހު 2:35 ހާއިރު ލިބިފައިވާ ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފް ސައުތްއެޓޯލް ފުވައްމުލަކު ފަޔާ ސްޓޭޝަން އިން ހަރަކާތްތެރިވެ އެ އަލިފާން ނިއްވާލާފައިވާ ކަމަށެވެ.

ފުވައްމުލަކު ގެއެއްގެ ބަދިގޭގައި ރޯވި އަލިފާނުން ހަނޑޫ ބާލިދީގައި ހުޅުހިފާ ވިރިފައި / ފޮޓޯ: އެމްއެންޑީއެފް

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ ތެޔޮތާހެއްގައި ތެލުލައި ނިންމާފައި ބެހެއްޓި ސުތުލި ގޯނި ރޯވެގެން ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އަދި ގޯނީ ގައި ރޯވެގެން ކައިރީގައި ޖެހިގެން ހުރި ހަނޑޫ ބާލިދީއެއްގައި އަލިފާން ހިފާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.

ދޭދެތެރެ ދޭތެރެއިން ގޭގޭގެ ބަދިގޭގައި އަދި ރެސްޓޯރަންޓް ކެފޭ ފަދަ ތަންތަނުގެ ބަދިގޭގައި އަލިފާނުގެ ހާދިސާ ހިނގައި ބޮޑެތި ގެއްލުންތައް ލިބިފައި އެބަ ހުއްޓެވެ.