މ. ވޭވަށް ބަނދަރުގެ ހެދުމުގެ މަޝްރޫއުގެ 88 ޕަސަންޓް މަސައްކަތް ނިންމައިފިއެވެ.

އެމްޓީސީސީން ބުނީ ވޭވަށް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ހާބާ ބްރިޖް ބީމްގެ ކޮންކްރީޓް މަސައްކަތްތައް އިއްޔެ ފަށާފައިވާ ކަމަށެވެ.

ވޭވަށު ބަނދަރު ތަރައްގީ ކުރުމުގެ މި މަޝްރޫއަކީ 500 ދުވަސް ތެރޭގައި އަޕްގްރޭޑް ކުރުމަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 48.8 މިލިއަން ރުފިޔާއަށެވެ.

މި މަޝްރޫއުގެ ދަށުން 60,839 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުގެ އިތުރުންް 350 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން 35 މީޓަރުގެ ސަރަހަައްދެއްގައި ރިވެޓްމަންޓް ޖެހުމަށާއި 380 މީޓަރުގެ ސަރަހަައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތާއި 1880 އަކަ މީޓަރުގެ ސަރަހަައްދެއްގައި ޕޭވްމަންޓް ހަދައި މަގުބައްތި ޖެހުމުގެ މަސައްކަތް ހިމެނޭކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.